ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާ ހަވާލުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ހިއްސާ ކުރެއްވު މެސެޖެެއްގައި ބުނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައި ވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަ ވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވަނީ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާގައި 32 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ވަކިވެވަޑައިގަތުމަށް އެދި ސީޕީ ނަވީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަނީ ހުށަހަޅުއްވާފައެވެ. ފުލުހުންގެ އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ނަވީން ވިދާޅުވީ، މިއީ ވަރަށް ގިނަ ދުވަހު ވިސްނެވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށާއި، މި ހިޔާލު އޭނާގެ ހިތްޕުޅުގައި އެނބުރޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
ރިޓަޔާ ކުރައްވާކަން ހާމަކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، މީގެ 32 އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅުނުއިރު މުއައްސަސާއަށް އޮތް އިތުބާރާއި، ބެޖަށް ކުރާ ގަދަރާއި، ގައުމީ ލޯބި އެގޮތުގައި ދެމިއޮއްވާ ހިދުމަތުން ވަކިވެވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ