ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނަކީ ޖަހާ ކޮންމެ ބެރަކަށް ހެއްލޭނެ ބައެއް ތިބި ސިޓީއެއް ނޫން ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދުމަށް ކެރިގެން ނުކުންނާނެ ބޭފުޅުން ތިނަދޫގައި ތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
"ތިނަދޫއަކީ ހަމަ ޖަހާހާ ބެރަކަކަށް ހެއްލޭނެ ރައްޔިތުންތަކެއް ތިބި ރަށެއް ނޫން. ތިނަދޫގެ ތަރައްގީއަށްޓަކާ ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހޯދުމަށްޓަކާ ކެރިގެން ނުކުންނަވާނެ ބޭފުޅުން ތިއްބަވާނެ. އަޅުގަނޑު އެދެނީ އެ އަޑު އުފުލަން،" ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވިއެވެ.
ސަރުކާރުން ވީ ވައުދުތައް ނުފުއްދަނީ ކީއްވެތޯ ބަލަންޖެހޭ ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރުމުގެ ޒިންމާ އޮތް މަޖިލީހުން އެކަން ނުކުރާނަމަ، ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
"މިހެން ދޫކޮށްލައިގެން ތިބެއްޖެކަމަށް ވަންޏާ، މި ގައުމު އަޅުގަނޑުމެންގެ އަތުން ބީވެގެން ހިނގައިދާނެ،"
ރައްޔިތުން ބޭނުންވާ ކަންކަން ހޯދުމަށްޓަކާ އެމްޑީޕީ ދެމި އޮންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ވެރިން ރަަށްރަށަށް ވަޑައިގެން ވައުދުވާއިރު، އެއީ ކުރެވޭނެ ކަމެއްތޯ ރައްޔިތުން ސިކުނޑިން ވިސްނަންޖެހޭ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ރަސްމާލެ އާއި މާލެއާ ދެމެދު ބިއްލޫރި ޓަނަކަލުން ގުޅާލާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ ބިލާހެއް ކަމަށެވެ.
ތިނަދޫގައި ފްލޯޓިން އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެ ދެއްކި ވާހަކަތަކީ އެފަދަ ވާހަކަތަކެއް ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުތައް ސަރުކާރުން ނިންމަންޖެހޭ ކަމަށާއި ތިނަދޫގައި ފަށާފައިވާ ކޯލްޑް ސްޓްރޭޖުގެ މަސައްކަތާއި ވިޔަފާރި ބަނދަރާއި އިންޑަސްޓްރިއަލް ޒޯނާ ނިންމަންޖެހޭ ކަމަށެވެ.
އެމްޑީޕީއާ ވާދަވެރި ފަރާތްތަކުން ރާއްޖޭގައި ނުވަ އަހަރު ވެރިކަންކޮށްފައިވާ ކަމަށާއި އެގޮތުން ޕީޕީއެމްގެ ފަސް އަހަރާއި ރައީސް ވަހީދުގެ ދެ އަހަރާއި މުއިއްޒުގެ ދެ އަހަރު ތެރޭގައި ތިނަދޫގައި ބޯހިޔަވަހިކަމަށް އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ރަށުގައި ބޯހިޔަވާހިކަމަށް ކަމެއް ކޮށްފައިވާނަމަ އެކަންކުރީ އެމްޑީޕީން ކަމަށެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް