އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަލްއުސްތާޒު ރިފްއަތު އަބްދުﷲ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.
ރިފްއަތަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިހާރު އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ އޭނާއާ އިންޓަވިއު ކޮށްފައެވެ. ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ރިފްއަތަށް އިންޓަވިއުގައި 84.20 ޕަސެންޓު މާކުސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ރިފްއަތަކީ އިލެކްޝަންސްގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށް ކޮމެޓީން ނިންމިއެވެ. އަދި އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމާ މައްސަލަ މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފައެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ރިފްއަތަކީ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅުނު ނުފޫޒުގަދަ ގާނޫނީ މައްސަލަތަކުގައި އެ ކޮމިޝަންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ގާނޫނީ ބޭފުޅެކެވެ.
މީގެ ތެރޭގައި 2016 އާއި 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގައި އޭނާ ވަނީ ކޮމިޝަން ތަމްސީލުކޮށްދެއްވާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ހުށަހެޅުނު މައްސަލައިގައި ވެސް އޭނާ މަސައްކަތް ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ވަކީލެއްގެ ގޮތުގައެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް