ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެޖޯރިޓީ ސަރުކާރު ޕާޓީ ޕީއެންސީ އަށް ދީފި ނަމަ، އެ ތަންތަން އުވާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ކައުންސިލްތައް އުވާލުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ސަރުކާރު ޕާޓީ ޕީއެންސީ އަށް ދިނުމުން ލާމަރުކަޒީ ނިޒާމާއި ގާނޫނު ފުނޑާލާފައިވާ ކަމަށެވެ.
"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވިއެވެ.
މި ސަރުކާރަށް ކައުންސިލްތައް ދީފިއްޔާ ދެން ރައްޔިތުން ލާ ވޯޓެއްގައި ލާ ފާހަގައެއް ނުފެންނާނެ ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ވެސް ވޯޓުލާން ލިބޭނެ އެންމެ ފަހު ފުރުސަތުކަން ޣަފޫރު ފާހަގަކުރެއްވިއެވެ.
"މި ފާހަނގަ އަޅުގަނޑުމެން މި ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ވަލްހަދުލިއްﷲ. މި ގައުމުން ވޯޓުލުމުގެ ހުރިހާ ކަމެއް އެ ދިޔައީ. އެގޮތަކަށް ދޫކޮށްގެނެއް ނުވާނެ،" ޣަފޫރު ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި