މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 10ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) ޕެކޭޖް އެކެއްގެ އެއްބަސްވުމުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް އާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތަޣާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، މިސްޓަރު އިޒާވާ ކަންއެވެ.
މަޝްރޫއުއާ ގުޅޭ އެހެނިހެން ތަފްސީލުތައް:
އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް ކޮންޓްރެކްޓް އަގު: 700,000,000.00 (ހަތްސަތޭކަ މިލިޔަން ) ޖަޕަނީޒް ޔެން (70.8 މިލިއަން ރުފިޔާ)
ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 10 ފެބްރުވަރީ 2026
ކޮންޓްރެކްޓްގެ މުއްދަތު: 487 ދުވަސް
މާލޭގައި މިހާރު ލާފައިވާ ކަނޑުތޮއްޓަކީ ވެސް ޖަޕާން ސަރުކާރުގެ އެހީގައި މީގެ އަހަރުތަކެއް ކުރިން ބިނާކޮށްފައިވާ ތަނެކެވެ. މި ތޮށީގެ ސަބަބުން މާލެއަށް ކުރިމަތިވާ އުދައެރުމުގެ ނުރައްކަލުންނާއި ކަނޑުގެ ރާޅުތަކުން ރައްކާތެރިކަން ލިބިގެންދެއެވެ.
ނަމަވެސް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ތޮއްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅުގެ ބިން ތިން ހަފްތާގެ ތެރޭގައި ހިއްކާ ނިންމަނީ
ކަސްޓަމްސް އަށް 48 މުވައްޒަފުން ހޯދަން އިއުލާންކޮށްފި