ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން މިއަދު ވަނީ ބާއްވާފައެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރަން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ޖެހިއިރުއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއް ވަގުތެއްގައި އެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގައި އެކަން ކުރިއަށްދިޔައީ އިންތިހާބާ ބެހޭ މައި މަރުކަޒުގައެވެ.
އަދި އަތޮޅުތަކުގެ ރަށްތަކާއި ސިޓީތަކުގައި ގުރުއަތުލުން ބާއްވާފައިވަނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުގައެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވާ ގޮތުގައި، މިފަހަރުގެ އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި