މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގެންފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ބަލައިގަތީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. ބިލު ބަލައިގަނެފައި ވަނީ 56 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީއަށް ފޮނުވިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.
ބިލު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީއިރު ވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިއަދު އާއްމުވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ކުޑޫ ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި