ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލެއިން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިހާތަނަށް 3،651 ފޯމު ހުށަހަޅައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކައްދަކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ޑްރާފްޓު ސްޓޭޖުގައި 10،000 އެޕްލިކޭޝަން އެބަ އޮތް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކޮންމެ އާއިލާއަކީ ވެސް އަބުރުވެރި ކަމާއެކީ ދިރިއުޅެވޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުމެވެ.
އެ ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ބިން ދިނުމުގެ ސްކީމެވެ. މި ދެ ސްކީމަށްވެސް މާލޭގެ ރަށްވެހިންނަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ދެ މޮޑެލްއެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްއެވެ. މި ދެ މޮޑެލްއަކީވެސް ގެދޮރު މިލްކުކުރެވޭ މޮޑެލްތަކެކެވެ.
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް