ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅާ ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަމާއި ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ސަރުކާރާއި މަޖިލިސް އެއްކޮށް އިންތިހާބު ކޮށްފި ނަމަ ޗެކްސް އެންޑެ ބެލެންސް އެއްކޮށް ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިފައިވާ މުހިންމު ފުރުސަތަކަށް ހުރަސްއެޅުންކަން އޭނާ ސިފަކުރެއްވިއެވެ.
"އެހެނީ ވޯޓުން ގޮތް ނިންމަން ގިނަ ފުރުސަތުތަކެއް ލިބުމަކީ ރައްޔިތުންގެ ހަގީގީ ބާރު. ހަރަދު ކުޑަކުރުމުގެ ނަމުގައި ހީލަތްތެރި ގޮތެއްގައި އެ ބާރު ފޭރިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން ވެެރިކަމުގައި ދެމި ތިބެވޭނެކަމުގެ އުއްމީދުގައި،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ޕޯސްޓުގައި އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތެއް، އިދިކޮޅު އެމްޑީޕީން ނުދޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެކަންޏެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ތަންފަޅީގައި ބިލު ދިރާސާކުރި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން މަޖިލީހުގެ ތެރޭގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ދެމެދު ހިނގި ހިތްހަމަ ނުޖެހުންތަކެއްގެ ތެރެއިން "ޒުވާބަކަށް" ބަދަލުވެ އެމްޑީޕީގެ ގިނަ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ރިޔާސަތުން ވަނީ ބޭރުކޮށްފައެވެ.
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅުގެ ބިން ތިން ހަފްތާގެ ތެރޭގައި ހިއްކާ ނިންމަނީ
ކަސްޓަމްސް އަށް 48 މުވައްޒަފުން ހޯދަން އިއުލާންކޮށްފި