ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެކަންޏެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ތަންފަޅީގައި ބިލު ދިރާސާކުރި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން މަޖިލީހުގެ ތެރޭގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ދެމެދު ހިނގި ހިތްހަމަ ނުޖެހުންތަކެއްގެ ތެރެއިން "ޒުވާބަކަށް" ބަދަލުވެ އެމްޑީޕީގެ ގިނަ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ރިޔާސަތުން ވަނީ ބޭރުކޮށްފައެވެ.
ރިޔާސަތުން ނަން އިއްވައި ތަޅުމުން ނުކުންނަން އެންގެވީ މެމްބަރު ޒިޔާދާއި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރަށެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި