ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސް، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވައި ނުސާފުވުމުގެ މި ހާލަތު ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދެމި އޮންނާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކާއި، ބޭރުތެރޭގައި ގިނަވަގުތު ހޭދަކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ހިރަފުހާއި ދުމެވެ. މި ހިރަފުހާއި ދުމަކީ އަވަށްޓެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާ ހިމެނޭ ސަރަހައްދުން އަންނަ ހިރަފުހާއި ދުމެވެ. ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން.
ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
ބޭރުތެރޭގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މިދުވަސްވަރު މަދުކުރުން.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި