ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު އެ ބިލު ދިރާސާ ކުރަމުން ދިޔަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު އިސްލާހު ކުރުމުގެ މަރުހަލާގައި ބަންޑާރަ ނާއިބާއި އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ހިޔާލު ހޯދާފައިވެއެވެ. އެގޮތުން ސަރުކާރު ޕާޓީ ޕީއެންސީން ބުނީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ބާއްވަންޖެހޭ އިންތިހާބުތައް ގިނަވުމުން މުޅި ދައުލަތް އޮންނަނީ އިންތިހާބީ ހުމެއްގައި ކަމަށެވެ.
މީގެއިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ދާދިފަހުން ވަނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބާއެކު ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީން އެކަމާއި ދެކޮޅު ހެދިއެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވަނީ އެފަދަ ވޯޓެއް ނަގަން ވާނީ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ރަނގަޅަށް އެނގިގެން ކަމަށެވެ. އެއަށްފަހު އެމްޑީޕީން އެކަމާއި ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން