އާއްމު ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ އެ ވިޔަފާރިތައް ފުނޑާލަން ކަމަށް، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި އިއްޔެ ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަހަލަ ގަދީމީ ބޯދާ ވިސްނުމާއި ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނަން މިއަދު ޖެހޭ ކަމަށެވެ. ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން މަޖުބޫރުވާނެ. ސަރުކާރުން ރިސޯޓް ހިންގިޔަސް ރައްޔިތުންނަށް 400 ޑޮލަރު ލިބުމުގެ ބަދަލުގައި، އެވިޔާފަރިތަކަށް ލިބޭ ގެއްލުން ފޫބެދުމަށްވެސް ރައްޔިތެއްގެ ބޮލަކަށް 400 ހޭދަކުރަން ޖެހުމަކީ މާ ގާތްކަމެއް،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރި އަށް ވަދެފައިވާ ދަނޑިވަޅެއްގައެވެ.
ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ