ދައުލަތުގެ ރިޒާވްގައި ފުރަތަމަ ފަހަރަށް 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭއިން މާރުކޮށްފައިވާ ކަމަށާއި މިއީ ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު އެސްޑީއެފްސީގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އާމްދަނީ އަށް ގެނެވުނު ހެޔޮ ބަދަލާއެކު އެ އަދަދު ވެސް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެސްޑީއެފްސީގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށާއި ދަރަނި އަދާކުރުމުގައި ލުއިފަސޭހަ މަގުތަކެއް ހޯދުމަށްޓަކައި، ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި އިންޑިއާއާއެކު ގާއިމުކޮށްފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން