ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް ވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނޫނެވެ. އެކަމާއި ގުޅިގެން ސުޖާތާ ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ސުޖާތާ އިސްތިއުފާ ދެއްވާފައި މިވަނީ ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވާ ދަނޑިވަޅެއްގައި ސަރުކާރަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ވަގުތެއްގައެވެ.
ހަމަ މި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހްމަދު އިނާޒުވެސް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވެވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މީގެއިތުރުން މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމުގެ މަގާމުގައި ހުންނެވި ޝަރުވަޝް އާދަމް ވެސް މިދިޔަ އަހަރުގެ ތެރޭގައި ހަމަ މި މައްސަލާގައި ވަނީ އިސްތިއުފާ ދެއްވަވައިފައެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ޕެންޝަން އޮފީހުގެ ބައެއް އެހެން ފައިނޭންސް މުވައްޒަފުން ވެސް ވަނީ އިސްތިއުފާ ދީފައެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި