މުއައްސަސާތައް ފެއިލް ވެގެން ދަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވ ޕޯސްޓެއްގައެވެ.
ހުސް ސުވާލު އުފައްދަވާފައިވާ އެ ޕޯސްޓުގައި ފައްޔާޒު އެންމެ ފުރަތަމަ ވެސް ވިދާޅުވެފައި ވަނީ އެކަން ކުރަން ސަރުކާރުން ނިންމާފައިވާ ނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓްރީގެ ބަޔާންތައް ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. ފައްޔާޒު ވަނީ ޕެންޝަން އޮފީހުގެ އެސެޓުތައް ވިއްކަނީ ކީއްވެތޯ އާއި ކޮން އުސޫލަކުންތޯ ސުވާލު ކުރައްވައިފައެވެ.
"ޕެންޝަން ލިބޭ ފަރާތްތަކަށާއި ރިޓަޔަރީންނަށް، އަދި އެކްސްޗޭންޖް ރޭޓަށާއި، މަނީ ސަޕްލައި އަދި އިންފްލޭޝަނަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބައި ހެއްޔެވެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ޕެންޝަން ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
އެމަނިކުފާނު ވަނީ ކޮންމެ މަހަކުވެސް ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި، ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓް ކުރަން ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދު ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި