ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި "ފައިސާ ޗާޕު" އެންމެ ފަހުން ކުރީ ބިލްތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވަނީ ރައީސް މުއިއްޒު އެކަމަކަށް އެންމެ ބޮޑަށް ފާޑުވިދާޅެ އަދި އަޑަށް އެންމެ ބާރުލާފައި ނުކުރައްވާނެ ކަމަށް ދެއްކެވި ވާހަކަ އަކީ، "ފައިސާ ޗާޕުކުރުން" ކަމަށް ވިދާޅުވެފައެވެ. މިއަދު 2.4 ބިލިއަން ޗާޕުކުރީ ކީއްވެތޯ ރައްޔިތުން އަމިއްލައަށް ސުވާލު ކޮށްލެއްވުމަށް ޝަމްހީދު ވިދާޅުވިއެވެ.
"ބިލްތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއްނެތީ!، ބަހަމުންދާހާ ވަޒީފާތަކަށް މުސާރަ ދޭނެ ގޮތެއް ނެތީ. ދިވެހިދައުލަތުގެ ފައިސާ އަކީ، ތިމާމެންގެ ޕާޓީގެ ހަރުމުދަލަށްވެ، ޕާޓީއަށް ފައިސާ އާއި ވޯޓް ހޯދުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔާ ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ، މިއަދު މުސާރަދޭނެހާ ފައިސާވެސް ދައުލަތުގައި ނެތުން،" ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެން ފައިސާ ޗާޕު ކުރުން ދާނީ ބާރަށް ކުރިޔަށް ކަމަށެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ވަނީ ނިންމައިފައެވެ. ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕެންޝަން ބޯޑުން މިއަދު ވަނީ އެކަމަށް ރުހުންވެސް ދީފައެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން އައި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށް އެމަނިކުފާނު ރައްޔިތުންގެ ގާތު ވެވަޑައިގެންފައިވާ ވައުދާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް