މިއަދު ކޮންމެ ދިމާލަކަށް ބަލާލިއަސް ފެނިގެން ދަނީ ރައްޔިތުންގެ އަތުން ބާރުތައް އަތުލުމަށްފަހު ބާރުތައް މަރުކަޒު ކުރަމުން އަންނަތަން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާ އަކީ ދިވެހި ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ މާއްދާއެއް ކަމަށާއި އެކަމަކު ފެންނަމުން ދަނީ ހިތާމަވެރި މަންޒަރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެގޮތުން އޭނާ ވިދާޅުވީ މިއަދު ސަރުކާރު ހިންގަން ތިއްބެވި ފަރާތްތަކަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ރައްޔިތުންގެ ބާރު" މާއްދާގެ ހަގީގަތް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންނެވި ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރު އަތުލުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކޮންމެ ދިމާލަކުން ބަލާލިއަސް ކޮންމެ ގޮތަކަށް އަޅުގަނޑުމެން ވަޒަން ކުރަން މިން އަޅާލިއަސް ފެންނަން އޮތީ މަރުކަޒު ކުރުމާއި ރައްޔިތުންގެ އަތުން ބާރުތައް އަތުލައިގަތުމުގެ ހުރިހާ ކަމެއް ކުރާތަން،" ޝާހިދު ވިދާޅުވިއެވެ.
ވެރިކަން ލިބުމުގެ ކުރިން ރައްޔިތުންގެ ގާތުގައި އެދުނީ ވެރިކަން ދީފި ނަމަ "ރައްޔިތުން އުފަލުން ހެއްވާލާނެ" ކަމަށް ކަމަށާއި ވެރިކަމަށް އައީ ރައްޔިތުން ގާތުގައި އެތައް ވައުދުތަކެއް ވެވަޑައިގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެ ހުރިހާ ވައުދުތަކެއް ލިޔެ ޗާޕުކޮށްފައިވާ ބޮޑު ފޮތެއް ނެރެފައިވާއިރު އެފޮތް ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ލަދުވެތި ފޮތަށް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އެ ފޮތް ނެރުމަށްފަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބުނަމުން ދިޔައީ އެ ފޮތުގައިވާ ކަންކަން ފުރިހަމަ ކުރެވޭނީ މަޖިލިސް ލިބިގެން ކަމަށާއި އެހެންކަމުން މަޖިލިސްވެސް ސަރުކާރަށް ދިނުމަށް ރައްޔިތުންގެ ގާތުގައި އެދުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ފުއްދުނު ވައުދެއް، ކުރެވުނު ކަމެއް އެޅުނު ބިންގަލެއް ނޫން އެއްވެސް ކަމެއް ނެތޭ. އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް މި ވަޑައިގެންނެވީ އުވަގަށާ މެޝިނަކާއި ދަތްގަނޑަކާއި ހިފައިގެން...،" ސަރުކާރަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވިއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި