މި މަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ރިކޯޑުތަކުން ދައްކަނީ 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖެ އަށް 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހަކީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިފަހުން އައިސްފައިވާ ދުވަސް ކަމަށެވެ.
އެގޮތުން އެ ދުވަހު އެކަނިވެސް 10،253 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެ މިނިސްޓްރީން ބުނީ މި ކާމިޔާބީން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުމާއި، އެ މިނިސްޓްރީން ހުއްޓުމެއްނެތި ކުރަމުންދާ މާކެޓިންގެ މަސައްކަތްތަކުގެ ކާމިޔާބީ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހަކީ ވެސް ރިކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ މަހެކެވެ. ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 224،788 ޓޫރިސްޓުންނަށް ރާއްޖެ އިން މަރުހަބާ ކިޔާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ