ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަމް ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދައިފިއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނާއިބު އަދި ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވަނީ އެފަދަ ވޯޓެއް ނަގަން ވާނީ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ރަނގަޅަށް އެނގިގެން ކަމަށެވެ. އެއަށްފަހު އެމްޑީޕީން އެކަމާއި ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ހިޔާލު ހޯދުމުގެ ވޯޓު އިލެކްޝަނަށް ބޭއްވޭނީ މިމަހު 18ގެ ކުރިން މަޖިލީހުން ބިލުގެ މަސައްކަތް ނިންމައިގެން ކަމަށެވެ. އެކަމަށް އީސީން އޮތީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އެ ފައިސާ ބޭނުންވާ ސަބަބެއް ކަމަށް ޒާހިދު ވަނީ އެއީ ކަރުދާސް ޗާޕްކުރުމަށާއި އޮފިޝަލުން އިތުރަށް މަސައްކަތް ކުރަން ޖެހުން ނުވަތަ އިތުރަށް އޮފިޝަލުން ހޯދަން ޖެހޭނެތީ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ