ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ފައިދާތަކެއް ވެގެން ދާނެ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނާއިބު އަދި ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ގެންނަ އިސްލާހަށް އެންމެ ބޮޑަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީކުރުވަން ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގާނޫނުއަސާސީ އެކުލަވާލީ ވެސް އެ މުއްދަތު އެގޮތަށް އޮންނަގޮތަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އޭޖީ އުޝާމް ވިދާޅުވީ ގާނޫނުއަސާސީގެ 296 ވަނަ މާއްދާގައި އެންމެ ފުރަތަމަ ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީސް އިންތިހާބަކީ ފެބުރުއަރީ 15ގައި ބާއްވަން ޖެހޭ އިންތިހާބެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ގާނޫނުއަސާސީގައި މާޗު އެކެއްގެ ކުރިން އާ މަޖިލީހެއް އެކުލަވާލަން ޖެހޭނެ ކަމަށް އޮންނަ ކަމަށާއި އެގޮތަށް އަމަލުކުރެވުނު ނަމަ، ރައިސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ދެތިން މަސް ދުވަހުގެ ތެެރޭގައި މަޖިލީހެއް އެކުލަވާލެވޭނެ އުޝާމް ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ހިޔާލު ހޯދުމުގެ ވޯޓު އިލެކްޝަނަށް ބޭއްވޭނީ މިމަހު 18ގެ ކުރިން މަޖިލީހުން ބިލުގެ މަސައްކަތް ނިންމައިގެން ކަމަށެވެ. އެކަމަށް އީސީން އޮތީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އެ ފައިސާ ބޭނުންވާ ސަބަބެއް ކަމަށް ޒާހިދު ވަނީ އެއީ ކަރުދާސް ޗާޕްކުރުމަށާއި އޮފިޝަލުން އިތުރަށް މަސައްކަތް ކުރަން ޖެހުން ނުވަތަ އިތުރަށް އޮފިޝަލުން ހޯދަން ޖެހޭނެތީ ކަމަށް ވިދާޅުވެފައެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފައިދާތަކެއް ވާނެ: އޭޖީ
ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ މިމަހު 18އަށް ބިލު ނިންމައިގެން
ސަރުކާރަށް ފަންނީ ލަފާ ދޭނެ ތިން ކޮމެޓީއެއް ހަދަނީ
ފޯޅަވަހި ލިބިއްޖެނަމަ "ޑިއޭގޯ ގާސިއާ" ހިންގޭނެ މަގެއް ހޯދައިދޭނަން
އެއްބަސްވުންތަކުގެ "މަންމަ" އިން ރާއްޖެއަށް ފައިދާކުރާނެ!؟
ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި: ނަޝީދު