ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަމް ވޯޓު ނެގޭނީ މިމަހުގެ 18ގެ ކުރިން ބިލު ނިންމައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނާއިބު އަދި ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ހިޔާލު ހޯދުމުގެ ވޯޓު އިލެކްޝަނަށް ބޭއްވޭނީ މިމަހު 18ގެ ކުރިން މަޖިލީހުން ބިލުގެ މަސައްކަތް ނިންމައިގެން ކަމަށެވެ. އެކަމަށް އީސީން އޮތީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އެ ފައިސާ ބޭނުންވާ ސަބަބެއް ކަމަށް ޒާހިދު ވަނީ އެއީ ކަރުދާސް ޗާޕްކުރުމަށާއި އޮފިޝަލުން އިތުރަށް މަސައްކަތް ކުރަން ޖެހުން ނުވަތަ އިތުރަށް އޮފިޝަލުން ހޯދަން ޖެހޭނެތީ ކަމަށް ވިދާޅުވެފައެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފައިދާތަކެއް ވާނެ: އޭޖީ
ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ މިމަހު 18އަށް ބިލު ނިންމައިގެން
ސަރުކާރަށް ފަންނީ ލަފާ ދޭނެ ތިން ކޮމެޓީއެއް ހަދަނީ
ފޯޅަވަހި ލިބިއްޖެނަމަ "ޑިއޭގޯ ގާސިއާ" ހިންގޭނެ މަގެއް ހޯދައިދޭނަން
އެއްބަސްވުންތަކުގެ "މަންމަ" އިން ރާއްޖެއަށް ފައިދާކުރާނެ!؟
ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި: ނަޝީދު