ދަރަނި ދެއްކުމަށް ދަރަނި ނެގުމުން، މިއަދު ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލަ އަކީ ހަމައެކަނި މިއަދު އޮތް ސަރުކާރަށް ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އެ މައްސަލަ އަކީ މިހާރު ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ ވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގާ އެ ފައިސާ އިން ކުރާ ހަމައެކަނި ކަމަކީ، ދަރަނި ދެއްކުން ކަމުގައި ވީމާ މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި މާރިޔާ އަހްމަދު ދީދީ ދައުލަތުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުން މުހިންމު ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ދެހާސް އަށާރަ ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަންޖެހޭ ފައިސާ މިއަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން އަދާކުރަން ޖެހެއެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކޫކުގެ ތެރެއިން ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުމަށް ނުވަތަ ފަހުން ދައްކާ ގޮތަށް މުއްދަތު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ސްކޫކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަމަޖެއްސުމަށް ނިންމާފައިވަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ރައްކާކުރެވިފައިވާ ފައިސާ ބޭނުންކޮށްގެންނެވެ.
މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި
ޑިމޮކްރަސީ އަގުހެޔޮކުރަން ކުރާ މަސައްކަތުން ހާލަތު ދާނީ ދަށަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު
ކުރިއެކޭ އެއްއަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ދޫކުރަނީ