ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 17 އިން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައެޅި ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތަށް 10 ދުވަސް އިތުރު ކޮށްދިނުމަށް އިލެކްޝަނުގައި އެދިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާ އިރު، އެކަންކަމާ ގުޅުން ހުރި މުއައްސަސާތަކުން އެކަމަށް ތައްޔާރުވެފައި ނެތްކަން އިނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަތިތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ވަހީދު ވަނީ ސަރުކާރު ކެންޑިޑޭޓުންނަށް ފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުން ދާތަން ފެންނަމުންދާ ކަމަށާއި މިއީ މިނިވަން އިންތިހާބަކަށް ޖާގަ ނުދިނުމަށް ކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ. އެކަން ކުރާތަނެއް ނުފެނޭ،" ވަހީދު ވިދާޅުވިއެވެ.
ސަރުކާރުން އިންތިހާބަށް އެތައް ނުފޫޒެއް ފޯރުވަމުން ގެންދާކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ގޯއްޗާއި ފުލެޓުތައް ބަހަމުން ސަރުކާރުން އަންނަ ކަމަށާއި، އެތައް ވަޒީފާތަކެއް ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރުން ކުރާ ކަންކަމަށް ތަރުހީބު ދެމުން އަންނަ ކަމަށެވެ.
"އެމްޑީޕީ މި ނުކުންނަނީ ކައުންސިލުތައް ސިޔާސީ ނުފޫޒުން ސަލާމަތް ކުރަން. އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރުން ކައުންސިލްތަކަށް މަލާމަތްކޮށް އެއީ އެއްވެސް ތަނެއް ނޫން ކަމަށް ދައްކާ ބާރު ކަނޑުވާލަން މަސައްކަތް ކުރަމުންދާ މަންޒަރު. އަޅުގަނޑުމެން އެދެނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުން،" ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި މަސައްކަތް ހުއްޓިފައި ހުރިއިރު ވެސް ޕީއެންސީގެ ކައުންސިލަރުން ރައްޔިތުންގެ ހައްގުގައި ބަސް ބުނާ ތަން ނުފެންނަ ކަމަށެވެ. އެމްޑީޕީން ކައުންސިލަރުން ހޮވައި ދިނުމަށް އެދެނީ ބާރުވެރި ކައުންސިލްތަކަކަށް މަގު ފަހިކޮށް ދިނުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރަން ސަރުކާރުގެ ބިލެއް މަޖިލީހަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާ ދެއްވައިފި