ނިޕާހް ވައިރަހުގެ ނުރައްކާ އޮތް މިންވަރު ރާއްޖެ އަށް ކުޑަ ކަމަށާއި އެހެންނަމަވެސް ހާލަތު މޮނީޓާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ބައްޔާއި ގުޅޭގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓްވި އެއްވެސް ފަރާތެއް އެ އެޖެންސީއަށް ރިޕޯޓްކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ބަލި ފެނިފައިވާ ވެސްޓު ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އިންޑިއާގެ ވެސްޓު ބެންގޯލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް 3 މީހަކު ވަނީ ފެނިފައިވާ ކަމަށެވެ. އަދި މީގެ ކުރީ އަހަރުތަކުގައި ނިޕާގެ ކޭސްތަކެއް އިންޑިއާ އަދި އެހެން ގައުމުތަކުންވެސް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުން (finuit bat) އަދި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. އެބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ބަލި ޖެހޭ މީހުންގެ ފަރާތުން އާއްމުކޮށް ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
މީގެ އިތުރުން ބަލި ބޮޑުވަމުންދާ ވަރަކަށް ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓުޖެހުން ހިމެނެއެވެ. މިބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެއެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވެއެވެ.
ވެސްޓު ބެންގޯލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވި 1801 އަށްވުރެ ގިނަ މީހުން ދެނެގަނެވި އެމީހުން މިހާރު ވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި ކަރަންޓީނު ކުރެވިފައިވާ މީހުންގެ ހާލަތުދަނީ އެގައުމުގެ ކަމާއި ބެހޭފަރާތްތަކުން ވަރަށް ގާތުން ބަލަމުންނެވެ.
މީގެ އިތުރުން ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާއި ހަމަޔަށް ފެނިފައި ނުވާއިރު މި ކޭސްތަކާއި ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން މިބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮއްފައި ނުވެއެވެ.
ހޯދަމުންދިޔަ އިގުބާލް، ބޮއެއްގެ ކައިރީ އޮއްވާ ފެނިއްޖެ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިގުރަށު އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުވެއްޖެ
ހަނގުރާމައިގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުދޭނަން