އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް 1،500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލާން ހުށަހެޅި ކެންޑިޑެސީތަކުގެ އަދަދަކީ 1،040އެވެ. އެއީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 852 ފޯމެވެ. އަދި އަމިއްލަ ގޮތުން ހުށަހެޅި 188 ފޯމެވެ.
ކައުންސިލްތަކަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހުށަހެޅި 142 ފޯމެއް ބަލައި ނުގަތުމަށް އިލެކްޝަނުން ވަނީ ނިންމައިފައެވެ. އަމިއްލަ ގޮތުން ހުށަހެޅި 92 ފޯމެއް ބަލައި ނުގަތުމަށް ވަނީ ނިންމައިފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 817 ފޯމެއް ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 692 ފޯމާއި އަމިއްލަ ގޮތުން ހުށަހަޅާފައިވާ 125 ފޯމެވެ.
އިލެކްޝަންސް އިން ބުނީ އެ ފޯމުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހުށަހެޅި 103 ފޯމެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 17 އިން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރަން ސަރުކާރުގެ ބިލެއް މަޖިލީހަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާ ދެއްވައިފި