ތައިލަންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ހުރިހާ މެޗަކުން މޮޅުވެގެން ދިވެހިރާއްޖެ މޮޅުވެ ތާރީހީ ތަށި ހޯދައިފިއެވެ.
ސާފުގެ ތާރީހުގައި ވެސް ބޭއްވި ފުރަތަމަ ސަރަހައްދީ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ފަހު މެޗުގައި މިއަދު ސްރީ ލަންކާއާ ބައްދަލުކޮށް ކާމިޔާބު ކުރީ 5-2 އިންނެވެ. އަދި އެ މޮޅާއެކު ރާއްޖެއިން މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުން ވެސް މޮޅު ހޯދައިގެން ލީގު އުސޫލަށް ކުޅުނު މުބާރާތުގައި 18 ޕޮއިންޓް ހޯދައިގެންނެވެ.
ރާއްޖެ ވަނީ އެއް މެޗު ބާކީ އޮއްވައި ފުރަތަމަ ފަސް މެޗުން 15 ޕޮއިންޓާ އެކު މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފަ އެވެ.
އެންމެ ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ. އަދި ޗެމްޕިއަންކަން ކަށަވަރު ކުރީ ފަހަތުން އަރައި 3-1 އިން ބޫޓާން ބަލިކޮށްގެންނެވެ.
ސާފުގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަނުންގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމު އަނބުރާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.
ގައުމީ ޓީމު ހޯދި ކާމިޔާބީގެ އުފަލުގައި މާލޭގެ އާޓިފިޝަލް ބީޗުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތްތަކެއް ވެސް ރޭވިފައިވާއިރު، ހަވާއެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސާފް ސުޕަ ކަޕް ކާމިޔާބު ކުރުމާއި ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން މި ދެ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ