ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލެއިން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލިތާ ހަފްތާއެއްގެ ތެރޭގައި 1600 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 1160 މީހުން ވަނީ ކުރިމަތިލައިފައެވެ. އަދި ގޯއްޗަށް އެދި 456 މީހުން ކުރިމަތިލައިފައިވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ޑްރާފްޓު ސްޓޭޖުގައި 7605 މީހުން ތިބި ކަމަށެވެ. މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ޖުމްލަ 7500 ހައުސިން ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން އިން ބުނެއެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު ކަމުގައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް ބުންޏެވެ.
އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކޮންމެ އާއިލާއަކީ ވެސް އަބުރުވެރި ކަމާއެކީ ދިރިއުޅެވޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުން ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ބިން ދިނުމުގެ ސްކީމެވެ. މި ދެ ސްކީމަށްވެސް މާލޭގެ ރަށްވެހިންނަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ކުރިމަތިލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ދެ މޮޑެލްއެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްއެވެ. މި ދެ މޮޑެލްއަކީވެސް ގެދޮރު މިލްކުކުރެވޭ މޮޑެލްތަކެކެވެ.
މޭޔަރު ކަމަށް ޖަލީލު ނިކުންނެވީ ރައީސްގެ އެދިލެއްވުމަކަށް
ފްލެޓާ ގޯއްޗަށް 1600އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި
އެމްޑީޕީގެ ވެރިކަންތަކުގައި ސަރުކާރު ފަހަތުން ދުވާކަށް ނުޖެހޭނެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެމްޑީޕީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުން އަންނަ މަހު
މާލޭގެ ކެންޑިޑޭޓުންނާއެކު ޕީއެންސީގެ "ދޮރުންދޮރަށް" ފަށައިފި