އެމްޑީޕީގެ ވެރިކަންތަކުގައި ރަށްރަށުގެ ތަރައްގީއަށް އެދި ސަރުކާރު ފަހަތުން ދުވަން ނުޖެހޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ފުވައްމުލަކު ބަހުރުވައިން ވާހަކަދައްކަވަމުން އެ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ ސިޓީއަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަތައް ދައްކަން ފަށައިފި ނަމަ އެ ވާހަކަތައް ދައްކާ ނުނިމޭނެ ކަމަށެވެ.
"މިރަށިގެ ރައްޔިތުން އެންމެ ބޮޑޮ ކަންބޮޑުވުމަށް އޯތީ މިރަށިގެ އިރިމައްތެ ފަރާތިގެ ގަރަމުންގެއުމަހަ، އޭ ނިވެންނެން ކަމެއް ކަމަހަ ގަބޫލުކޯން ތިބި މީހުނަސް މަދެއްނުން، ސަބަބަކީ އެކަން ކެރަންނަ ކެރަންނަ އެ ވާހަކަ ދެއްކީ މުއްދަތު ތިގިވެގެން ގެއުން. އެހެންފަހޭއަސް ރާއްދޭ މިހައތަންނަ ހިނގުއީ އެންމެ ބޮޑޮ ޝޯ ޕްރޮޓެކްޝަންގެ މަޝްރޫއު އަސް ހަމަ ނިމީން ގޭއީ އަފުންގެ ސަރޮކާރި،" ފައިސަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ ކަމަށާއި ރަށުގެ ތަރައްގީގެ ކަންކަން ވެސް ފުރިހަމަވެގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުން ސަރޮކާރިގެ ފަހަތެން ދުއަންނަކަ ނިޖެހޭ، އާދެހަ ކެރަންނަކަ ނިޖެހޭ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އަކީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނާއިބު ރައީސެވެ. މިވަގުތު ފުވައްމުލަކުގައި ހުންނަވައިގެން އޭނާ އަންނަނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި އެ ސިޓީން ވާދަކުރާ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރައްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ