ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު އެޕާޓީގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12ވަނަ ދުވަހު ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައް އެޕާޓީން ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދުގެ ވާހަކަފުޅުގައި އެޕާޓީން ކައުންސިލް އިންތިހާބަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ރަށްރަށުގައި ވެސް އެޕާޓީގެ ކެމްޕެއިން ޓީމުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމުގެ ޒިންމާ ކައުންސިލްތަކުގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމްޑީޕީން ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މަޝްރޫއުތައް މަޑުޖެހިފައިވަނީ ކައުންސިލްތަކުގެ ސަބަބަކުން ނޫނެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައިވަނީ ބޭނުންވާ ބަޖެޓާއި އިންތިޒާމުތައް ސަރުކާރަށް ހަމަނުޖެއްސުމުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުން އަމިއްލައަށް ކަންކަން ނިންމައި، ރަށްރަށަށް ގޮސް ބިންގާ އެޅުމަށްފަހު، އެ މަސައްކަތްތައް ލަސްވަނީ ކައުންސިލްތަކުން ބިން ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ހަގީގަތާ ހިލާފު، މަޖާ ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ޖުމްލަ 294،937 ފަރާތަކަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. މީގެއިތުރުން، މި އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މުޅިއެކު 621 ވޯޓު ފޮށި އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް