މާލޭގެ މަގުތަކުގައި އުޅެމުން އަންނަ ބުޅާތައް ގެންދިއުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީ ސަރުކާރަށް ނުބެލެހެއްޓޭ ނަމަ އެތަން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްދޭން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި، މާލޭގެ މަގުމަތީގައި ބުޅާ އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާ މެދު ގަލޮޅު އުތުރު ދާއިރާގެ މަންދޫބު ސައިފް ފާތިހު ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ސައިފްގެ ވާހަކަފުޅުގައި ބުޅަލުގެ ނަޖިސް އެތައް ދުވަހެއް ވަންދެން މާލޭގެ މަގުތަކުގައި ހުންނަ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން އަންނަ ކަމަށެވެ. ބުޅަލުގެ ނަޖިސް ސާފު ކުރުން އެއީ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށް ނިންމަން ޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާރަށްވުރެ ރަނގަޅަށް ސިޓީ ކައުންސިލަށް ބުޅާ ފެސިލިޓީ ބެލެހެއްޓޭނެތީ އެކަން ހަމަޖައްސައި ދިނުމަށް ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
އެތަން ތަރައްގީ ކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ހަރަދުގައެވެ. ނަމަވެސް ތަން ތަރައްގީކޮށް ނިމުމުން ސަރުކާރުން ނިންމީ އެތަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށެވެ.
މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އެ ފެސިލިޓީ މިހާރު ހަދާފައި އެ ހުރީ މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ބުޅާތަކެއް ގެންގުޅެވޭ ވަރަށް ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް