ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ "ޕްރެސް ގްރޫޕަށް" އެ ޕާޓީން ފޮނުވި މެސެޖެއްގައި ބުނީ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވި ކުޑޫގެ ނައިބުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހަމަޖައްސާފައިވާ ކަަމަށެވެ. މީގެ އިތުރުން ކެމްޕެއިން މެނޭޖަރުގެ ނައިބަކަށް އައިކު އަހުމަދު އީސާ ވެސް ހަމަޖައްސާފައިވެއެވެ.
ދެހާސްއެކާވީސް ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަކީ އެމްޑީޕީގެ މޭޔަރުންނެވެ.
ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.
ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށްތަކަށް އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު މަދުކޮށްފައެވެ. އެގޮތުން 2،000 ވުރެ، މަތީ އާބާދީތަކުގެ ރަށްތަކަށް ހަތް ކައުންސިލަރުންގެ ބަދަލުގައި ފަސް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކޮށް، ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލުކޮށްފައިވެއެވެ.
ކައުންސިލަށް އިންތިހާބު ކުރަންޖެހެނީ ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރު، ކައުންސިލްގެ މެންބަރެވެ. އަދި ސިޓީތަކަށް މޭޔަރު، ސިޓީ ކައުންސިލްގެ އަންހެން މެންބަރުން އަދި ސިޓީ ކައުންސިލްގެ މެންބަރުން ހިމެނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ތެރޭގައި ހިމެނެނީ، ސިޓީ އަދި ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި ސިޓީ އަދި ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި