ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ގެއްލުނު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
"ބަލްމާ-6" ނަމަކަށް ކިޔާ އެބޯޓް ބަންޑުން ޖަހާލި އިރު އޭގައި ހަތަރު މީހަކު ތިއްބެވެ. ނަމަވެސް އޭގެއިން ދެ މީހަކު ގެއްލިފައި ވާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ފެށިއެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއަކާއި ދިވެއްސެއް ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ވެސް ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ.
އެމްއެންޑީއެފް އިން ބުނީ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ