މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ހޯއްދެވި އާދަމް އާޒިމަށް ލިބިވަޑައިގެންނެވި ކާމިޔާބަކީ އާޒިމްގެ ހިދުމަތް އެމްޑީޕީގެ މެންބަރުން ބަލައިގަތްކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާދަމް އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ 1400 އެއްހާ ވޯޓު ހޯއްދަވައިގެންނެވެ. އާދަމް އާޒިމާ މި އިންތިހާބުގައި ވާދަކުރެއްވި އަލީ އާޒިމަށް ލިބިވަޑައިގަތީ 900 އެއްހާ ވޯޓެވެ.
އާދަމް އާޒިމަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހް ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އާދަމް އާޒިމް ހޯއްދެވި ކާމިޔާބީއަކީ އެ މަނިކުފާނު މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މިހާރުވެސް މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތް ކަމެއް ކަމަށެވެ.
"ކެމްޕެއިން ތެރޭގައި ވަރަށް ގިނަ މާލޭގެ މެންބަރުންނާ ވަނީ ބައްދަލުވެފައެވެ. އަދި އެމީހުންގެ އިހުސާސްތަކާ އެމީހުންއެދޭ ގޮތްތައް ވެސް ވަނީ އަޑު އިވިފައެވެ،" ސޯލިހް ވިދާޅުވިއެވެ.
އަދި ސޯލިހް ވަނީ އަލުން މޭޔަރު ކަމަށް ހޮވިއްޖެނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް