ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް، އެ ޓިކެޓު ހޯއްދެއްވުމަށް އޭނާއާ ވާދަކުރެއްވި އަލީ އާޒިމް މަރުހަބާ ކިޔުއްވައިފިއެވެ.
ފޯނުން ގުޅުއްވާ އަލީ ވަނީ އާދަމް އަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީ އަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭ މޭޔަރުކަމަށް އާދަމް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާދަމް އާޒިމް މި އިންތިހާބު ކާމިޔާބު ކުރެއްވީ 1400 އެއްހާ ވޯޓު ހޯއްދަވައިގެންނެވެ. އަލީ އާޒިމަށް ލިބިވަޑައިގަތީ 900 އެއްހާ ވޯޓެވެ.
އެމްޑީޕީ ޕްރައިމަރީގައި އެންމެ ފޯރިގަދަ ކެމްޕެއިނެއް ފެނިގެން ދިޔައީ އާދަމް އާޒިމާއި އަލީ އާޒިމްގެ ކެމްޕެއިނުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ