ސަރުކާރުން ކުނި އުކުމަށް ހާއްސަކޮށްގެން ހަދާފައިވާ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް ދުވަސް ވެފައިވާއިރު ނުދައްކާ ހުރި ފައިސާގެ އަދަދު 20 މިލިއަނަށްވުރެ މަތިކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ގިނަ އަދަދެއްގެ މައުލޫމާތު ހޯދަމުން އަންނަ އާންމުންގެ މީހެއް ކަމަށްވާ އަފްރާހް އިސްމާއިލް ނަމަކަށް ކިޔާ މީހަކު ވަނީ ޕެންޝަން އޮފީހުން އެ މައުލޫމާތު ހޯދައިފައެވެ.
އެ މައުލޫމާތުތަކުގައިވާ ގޮތުގައި ވެމްކޯ އިން އެންމެ ފަހުން ޕެންޝަން ފައިސާ ޖަމާކޮށްފައި ވަނީ 2024ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެމަހު ޕެންޝަންގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އޭގެ ފަހުން ޕެންޝަން ފައިސާ ދައްކާފައި ނުވާއިރު މިހާރު އޭގެ ފަހުން 14 މަސް ވެއްޖެއެވެ.
ދެހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ.
ބައެއް މީޑިއާތަކަށް އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް ހެޑް ޝުއާއު ހަނީފު މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެފައިސާ ނުދެއްކި އޮތީ ކުންފުނީގެ ކޭޝް ފްލޯ ތާށިވެފައި ވާތީއެވެ. އަދި އެކުންފުންޏަށް މާލެ ސިޓީ ކައުންސިލުން ލިބެންޖެހޭ 98 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި އެފައިސާ ލިބުނުހާ އަވަހަށް ޕެންޝަން ފައިސާތައް ދައްކާނެ ކަމަށް އެ އޮފީހަށް އަންގާފައި ވަނެ ކަމަށެވެ.
ވެމްކޯ އަށް 2024ވަނަ އަހަރު އާމްދަނީގެ ގޮތުގައި 467 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އެ އަހަރު އެ ކުންފުންޏަށް ވަނީ 138 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.
ބަންގާޅުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް ހުޅުވާލައިފި
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހްކޮށްފި
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް