އިންޑިއާގެ ވެރިރަށް ދިއްލީއާއި އެ ސިޓީއާ އިންވެގެންވާ ސަރަހައްދުތަކުގެ ވައިގެ ނުސާފުމިން ނުރައްކާތެރި މިންވަރެއްގައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި މުޅި ސިޓީ އޮތީ ދުމާއި ފުސްކަމުގެ ތެރެއަށް ގެނބިފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު، އެ ސިޓީގެ އެއަރ ކޮލިޓީ އިންޑެކްސް (ވައިގެ ސާފުމިން ބަލާ މިންގަނޑު) ހުރީ 376 ގައެވެ. މިއީ ފުއްޕާމޭގައި ތަތްލާ ފަދަ ކުދި ޕާޓިކަލްތައް ކަމަށްވާ PM2.5 އާއި އެހެނިހެން ތަޣައްޔަރުތައް ހިމެނޭހެން ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 25 ގުނަ އިތުރު މިންވަރެކެވެ. މި މިންވަރަށް ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެއެވެ.
ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މީގެ ނުރައްކާ ބޮޑެވެ. ބުދަ ދުވަހު ދިއްލީ ސަރުކާރުން ވަނީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން 50 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް (ވޯކް ފްރޮމް ހޯމް) ހަމަޖެއްސުން މަޖުބޫރުކޮށްފައެވެ.
މީގެ އިތުރުން ވައި ނުސާފުވުން ކޮންޓްރޯލް ކުރުމަށް އެހެނިހެން ފިޔަވަޅުތައް ވެސް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި ދިއްލީގެ މަގުތަކުގައި ބޭނުންކުރާ ދުވަސްވީ ޑީސަލް އުޅަނދުތަކާއި އިމާރާތްކުރުމުގެ މަސައްކަތްތައް މަނާކުރުމާއި، ސްކޫލްތަކުގެ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި، އަދި ތެލާއި ދުމުގެ މިންގަނޑުތަކަށް ނުފެތޭ ދުވަސްވީ އުޅަނދުތައް ސިޓީއަށް ވަނުން މަނާކުރުން ހިމެނެއެވެ.
ވިހަ ވައިގެ މައްސަލައަކީ ދިއްލީއާއި އުތުރު އިންޑިއާގެ އަވަށްޓެރި ސަރަހައްދުތަކަށް، ހާއްސަކޮށް ފިނި މޫސުމުގައި ތަކުރާރުކޮށް ކުރިމަތިވާ މައްސަލައެކެވެ. މި މައްސަލަ ދިމާވަނީ ސިނާއީ މަސައްކަތްތަކުން ބޭރުވާ ދުމާއި، އުޅަނދުފަހަރުގެ ދުމާއި، ފިނިހޫނުމިން ދަށްވުމާއި، ވައި މަޑުވުމުގެ އިތުރުން އަވަށްޓެރި ސްޓޭޓްތަކުގެ ދަނޑުވެރިން ގަސްގަހާގެހީގެ ބާކީބައިތައް އަންދާލުމުގެ ސަބަބުންނެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި