ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ފެށިގެން ކުރިޔަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަން ކުރިޔަށް ގެންދަނީ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ކަމަށެވެ. ގއ. އަތޮޅުގައި ކުރިޔަށް ގެންދާ އެ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 10 ތަނެއް ބަލާ ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
ރާއްޖޭގައި ޑުރަގު ވިޔަފާރި ކުރާ ފަރާތްތައް ހޯދުމަށް "އޮޕަރޭޝަން އަލިމަގު" ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ