މާލެ ސިޓީގެ ބިމުގެ މައްސަލަތައް ބޮޑުވެގެން އުޅެނީ އުސޫލުގެ ތެރެއަށް ވައްދަން އުޅޭތީ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުގައި މިފަހަކަށް އައިސް މާލޭގެ ބިންތައް ދީފައިވާ ގޮތާއި މެދު ކައުންސިލަރުންގެ މެދުގައި ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ހާއްސަކޮށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އަންނަނީ ބިމަކާއި ގުޅިގެން ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވަވާ ދާދިފަހުން ބޭއްވި ކައުންސިލް ޖަލްސާގައި ވެސް ވާހަކަދައްކަވައިފައެވެ.
އޭނާ އެގޮތަށް ވާހަކަދައްކަވާފައި ވަނީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް އެބައޮތް ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައި ވަނިކޮށެވެ. އަދި ބިމުގެ އެގްރީމަންޓާއި މެދު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައިވެސްމެއެވެ.
އެންމެ ބޮޑަށް މައްސަލަ ޖެހިގެން އުޅޭ ބިމަކީ ގ. މެދުފަރު / ސިތާރާ އަބްދުﷲ އަށް ދީފައިވާ ބިމެކެވެ. އޭނާ އަށް ދީފައިވާ ބިމަކީ "ރުމާލެ 2" ޖަގަހަ ކައިރިން ދީފައިވާ 2870 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޭން ނިންމާފައިވާ އެގްރީމަންޓުގައި ވަނީ 7000 ރުފިޔާއަށެވެ.
އެ ބިން އޭނާ އަށް ދޭން ނިންމާފައިވާ ކަމަށް އެގްރީމަންޓުގައި ބުނެފައި ވަނީ ލޮނުޒިޔާރަތް ޕާކުގައި ކުޑަކުދިން ކުޅޭ ތަކެތި ދިނުމާއި ވިލިމާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި އަމިއްލަ ހަރަދުގައި ސީސީޓީވީ ކެމެރާ ސެޓަޕް ބެހެއްޓުމަށް ޝަރުތުކޮށެވެ. އެހެންނަމަވެސް މި އެގްރީމަންޓަކީ ސައްހަ އެގްރީމަންޓެއް ކަމަށް ނުބެލެވޭ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"ލަފާ ކުރެވެނީ މައްސަލަ ޖެހިގެން އެންމެ ބޮޑަށް މި އުޅޭ އެގްރީމަންޓަކީ ފޯޖު ކޮށްފައިވާ އެގްރީމަންޓެއް ކަމަށް. މި މައްސަލަ މިހާރު ޕޮލިހަށް ވެސް އަޅުގަނޑު ވާނީ ހުށަހަޅާފައި،" މި ބިމުގެ މައްސަލައާ ގުޅޭ ގޮތުން އާޒިމް މިއަދު "ހަތާވީސް" އަށް ވިދާޅުވިއެވެ.
މި ބިމުގެ މައްސަލާގައި ސިތާރާ ވަނީ ސިޓީ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. މި މައްސަލާގައި ކައުންސިލާއި ދެކޮޅަށް ކައުންސިލް މެންބަރު ނަހުލާ ވަނީ ކޯޓުގައި ވާހަކަދައްކައިފައެވެ.
"ނަހުލާ އަކީ ކައުންސިލުގެ ބިމާ ބެހޭ ކޮމެޓީއެއްގައި އެއްވެސް ވަރަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ނޫން،" ބިމާ ގުޅޭ މައުލޫމާތުތައް ނަހުލާއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވިއެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި މޭޔަރުކަމަށް ވަޑައިގަތުމަށްފަހު އެއްވެސް ބިމެއް ނުވަތަ އެގްރީމަންޓެއްގައި އޭނާ ސޮއިކުރައްވާފައި ނުވާނެ ކަމަށާއި މިހާތަނަށް ދީފައިވާ ހުރިހާ އެގްރީމަންޓުތަކަކީ 2022ވަނަ އަހަރާއި 2023ވަނަ އަހަރާއި ދެމެދު ހަދާފައިވާ އެގްރީމަންޓުތަކެއް ކަމަށެވެ.
ބިމުގެ މައްސަލަ ބޮޑުވެގެން އުޅެނީ އުސޫލުގެ ތެރެއަށް ވައްދަން އުޅޭތީ
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި