ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމް އަށް ރަމީލާ އައްޔަން ކޮށްދެއްވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައި އެ ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވެވިއެވެ. އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މައްސަލަ ފޮނުއްވިއެވެ
މިއަދު ވެސް ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އަހާފައިވެއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުން ފާސްވީ ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރުމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ