ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައި ވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ ރައްޔިތުންނަށް ގާނޫނު އަސާސީިއިން ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރުކަމަށްވާ ވޯޓުގެ ބާރު ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ސަރުކާރުން ރާވާ ނުބައި ރޭވުންތަކެއް ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެމްޑީޕީން ދެކޮޅު ކަމަށާއި އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި