ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ޖީއެމްސީއީ ނުވަތަ ޖެމްކިއު އަކީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަމުގައި ބައިވެރި ނުވި މީހުންނަކީ މޮޔައިން ކަމަށް ރައްޔިތުން މަޖިލީހަށް ނިސްބަތްވާ މެންބަރުންތަކެއް ބުނިއިރު ސަރުކާރުން ޗުއްޕު ވެސް ބުނެލާފައި ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
އޮންލައިން ޖުވާ ކުޅުން ކުށަކަށް ހަދާ އެކަން ކުރާ މީހުންނަށް އަދަބު ލިބޭ ގޮތަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ޖުވާ ކުޅުމަކީ މަނާކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ދައްކާ ވާހަކައާ އަމަލާ ދިމާނުވާތީ އެވާހަކަ ދެއްކޭނެ ކަމަށެވެ. ޣަފޫރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވެފައިވާ މެންބަރުން މަޖިލީހުގައި އެބަތިބި ކަމަށެވެ. ނަމަވެސް އެކަންކަން ނުބެލެވޭ ކަމަށާއި ސުޕްރީމް ކޯޓުގައި ހުކުމާއި ހަމައަށް ގޮސްފައި ހުކުމް ނުޖެހި ތިބި މެންބަރުން މަޖިލީހުގައި އެބަތިބި ކަމަށާއި އެކަންކަން ނުބެލެނީ ކީއްވެތަި ޣަފޫރު ސުވާލު ކުރެއްވިއެވެ.
"ސާފު ނިޔަތަކާއި ބަހާއި އަމަލާއި ދިމާކޮށްގެން ކަންތައް ކުރީމާ ކަންކަން ރަނގަޅަށް ހިނގަމުން ދާނީ. މުޅި ދައުލަތުގެ ތެރޭގައި ވައްކަން ހިނގަމުންދާއިރު ކީއްވެތޯ އެކަންތައް ނުބެލެނީ، އެއީ އިސްލާމްދީނުގައި ހުއްދަ ކަންތައްތޯ،" ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުން ކަންކަން މަނާކުރުމަށްފަހު ބޭނުންވާ މީހާ ކަމެއް ކުރުމުން އެމީހަކު ހިފާ ހައްޔަރު ކުރުމަށް ކަންކަން ބަދަލުކުރާތަން މިއަދު ފެންނަމުން އަންނަ ކަމަށެވެ.
"ބޭނުންވާ މީހާ އަތަށް އެރީމާ އޭނާ ހޭއަރުވާލާނެ، އެބޭނުން ފުއްދަމުން މިދަނީ،" ޣަފޫރު ވިދާޅުވިއެވެ.
މުޅި ގައުމުން ފެންނަނީ ދައުލަތް ބޭނުން ކޮށްގެން ވައްކަން ކުރާތަން ކަމަށާއި ޖުވާ ކުޅުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލަކީ ވެސް ވޯޓު ހޯދަން ހުށަހަޅާފައިވާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައެއް ފެންމަތިވެގެން މަޖިލީހުގެ ކޮމެޓީއަކަށް ގެންގޮސް އެމީހަކު ތަޅުވާލުމަށްފަހު ލާރިކޮޅެއް އެމީހަކު އަތުން ނަގާ މައްސަލަ ނަގާ އެއްލާލަނީ ޑަސްބިނަށް ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ލޯމަތީގައި އިހަށް ދުވަހަކު ޖުވާކުޅެގެން މިތަނުގައި [ރައްޔިތުންގެ މަޖިލިސް] މަޖިލީހުގެ މެންބަރުންތަކެއް ޖުވާ ކުޅެގެން އެކަމުގައި ބައިވެެރިވިތަން އަޅުގަނޑުމެންނަށް ފެނުނީ. ޖެމްކިއު ކުޅެގެން. ބައިވެރިނުވާ މީހުންނަކީ މޮޔައިންނަށް ހަދާފައި ވާހަކަދެއްކިއިރު ސަރުކާރަށް ޗުއްޕުވެސް ބުނަން ނުކެރުނު،" ޣަފޫރު ވިދާޅުވިއެވެ.
ހިތަދޫ މެދުދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހުމަދު އަޒާން ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގައި، ޖުވާކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އާ މާއްދާއެއް ވަނީ ހިމަނާފައެވެ.
މި އިސްލާހުގައިވާ ގޮތުން ޖުވާކުޅުމާއި އެފަދަ ހަރަކާތްތައް ހިންގުމަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް ދެވޭނެ އަސާސީ އަދަބެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި
ބޭރުގެ ބަޔަކަށް ވިޔަފާރި ބަނދަރު ދޭން އުޅޭ ވާހަކަ ޒަމީރު ދޮގުކޮށްފި
އެޗްއާރްސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރަން ފާސްކޮށްފި
ކިނޮޅަހު ކައިރިން ފެނުނު ހަށިގަނޑު އޮތީ ކުނިވެފައި: ފުލުހުން
އިންތިޚާބުތައް އެއްކުރަނީ ގަޑުބަޑުކުރުމުގެ ނިޔަތުގައި: ޝާހިދު
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު، އިހްތިޖާޖު ކުރާނަން: ގަފޫރު