މިވަގުތު ޗުއްޓީގައި އޮތް ރައްޔިތުން މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ އޮތީ މާދަމާ ހެނދުނު 9:00ގައެވެ. ޖަލްސާގެ އެޖެންޑާ ވެސް މިހާރު ވަނީ މަޖިލީހުން އާއްމު ކޮށްފައެވެ.
މި ޖަލްސާގެ އެޖެންޑާގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ. އެ ބިލު ހުށަހަޅުއްވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
އެހެންނަމަވެސް އެ ބިލުގެ ތަފްސީލެއް އަދި ނޭނގެއެވެ. މި ބިލުގެ އިތުރުން ގާނޫނުއުގޫބާތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ