މި އަހަރު ނިމެން ކުޑަތަންވެފައި ވަނިކޮށް އަވަސް އަރުވާލައިގެން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ނަމުގައި އުސޫލެއް ހަދައި, ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ރައްޔިތުންގެ ޓެކްސް ފައިސާއިން 39 މިޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުން މަސައްކަތް މިވަގުތަށް ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ މާލީ އެހީ ދިނުމުގެ އުސޫލު ހެދުމަށް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މިދިޔަ އޮކްޓޯބަރު މަހު ފަހުކޮޅު ހަވާލުކޮށް މި މަހުގެ ކުރިން ފައިސާ ދޫކުރުމަށް ސަރުކާރުން ކޮމިޝަނަށް އެންގި އެންގުމާ ވިދިގެން އެ މުއްދަތުގެ ތެރޭގައި މީޑިއާތަކުގެ ހިޔާލު ހޯދުމަށް ކޮމިޝަނުން ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށެވެ.
"ނޫސްވެރިކަމުގެ މަސައްކަތަކީ އާންމުންގެ މަސްލަހަތު އޮތް ކަމަކަށް ވެފައި ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ކޮމިޝަނުން މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ،" ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާ އިން ބުނީ އަވަސްއަރުވާލައިގެން ފައިސާ ދޭން މަސައްކަތްކުރުމުން މާލީ އެހީއަށް އެދުނު މީޑީއާތަކުގެ ތެރޭގައި ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ, އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާއެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
އަދި ޕޮއިންޓް ލިބުނު ގޮތްތައް އާންމުކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަންކޮށްފައިވާ ކަމާ މެދު ޝަކުވާތައް ވެސް ބޮޑުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.
"އަދި ޕޮއިންޓް ދިފައިވާ ގޮތާ މެދު ޝައްކު އުފައްދަން އެކަށީގެންވާ ސަބަތައް ހުރިކަމަށް ވެސް ފާހަގަކުރެވެއެވެ" ބަޔާނުގައިވެއެވެ.
މީގެ އިތުރަށް ގަވައިދުން ނެރެމުންދާ ނޫހެއް ނުވަތަ މަޖައްލާއެއްކަން ކަށަވަރުކުރަން ކޮމިޝަނުން އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ވެސް އެ ޖަމްއިއްޔާއަށް ފާހަގަކޮށްފައިވެއެވެ. އަދި އެއް ފަރާތެއްގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގާ ދެ މީޑިއާ އައުޓްލެޓަށް ވެސް ފައިސާ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިންސާފުވެރި ހަމަޖޭހޭ އުސޫލެއް ނޫން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
މީގެ ސަބަބުން މީޑިއާ މޮނޮޕޮލާއިޒޭޝަންއަށް ހިތްވަރުލިބޭ ކަމަށާއި އަދި ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ އަސާސީ ހައްގުތަކަށް (ގަވައިދުން މުސާރަ ދިނުން, ޕެންޝަން ދެމުން ދިޔުން ފަދަ ކަންކަމަށް) އިހުތިރާމްކުރާ މީޑިއާ ހައުސްތަކަށް މީޑިއާ ގްރާންޓުގައި ބަލާފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް ބަޔާނުގައިވެއެވެ.
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ
4،000 ފްލެޓު: ޝަރުތު ހަމަނުވާ 450 މީހުން ލިސްޓުން އުނިކުރި
ވައްކަންކުރި މީހަކަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި