ޢަދާލާތު ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައި، އެ މަގާމުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ ޕާޓީގެ ދަފްތަރުގައި، ޑިސެންބަރު 28، 2025އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ.
އިންތިޚާބު ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން އެ ޕާޓީން ބުނީ އެ މަޤާމަށް އެންމެ ފަރާތެއް ކުރިމަތިލައިފިނަމަ، އެ ފަރާތް ޕާޓީގެ ރައީސް ކަމަށް ހޮވުމަށްޓަކައި ޢާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ. ނަމަވެސް، އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިނަމަ، މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާނެއެވެ. މި ވޯޓުލުން ކުރިއަށްދާނީ އިލެކްޓްރޯނިކް ވޯޓިންގް މެދުވެރިކޮށެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ ބޭފުޅުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ފުރިފައިވުމާއި، ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނަތާއި ބަދުއަޚްލާޤީ މައްސަލައެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެފައިވުމާއި، ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ހާސިލުކޮށް ތިން އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ.
މި މަޤާމަށް ކުރިމަތިލާއިރު، ރައީސްކަމަށް ކުރިމަތިލާ ފަރާތުން ރަނިންގމޭޓެއްގެ ގޮތުގައި ނައިބު ރައީސަކު ހުށަހަޅަންޖެހެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީކާޑު ކޮޕީ، ސީވީ، ތައުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ، އަމަލީ ތަޖުރިބާގެ ލިޔުން އަދި އުމުރު ދުވަހުގެ ކުށުގެ ރިކޯޑު ހިމެނެއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން