ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފްލެޓަށް ކުރިމަތިލާ ފްލެޓު ލިސްޓުގައި ނަން ހިމެނުނު ބައެއް ފަރާތްތަކުގެ ތެރެއިން 450 މީހުން އެ ލިސްޓުން ޝަރުތު ހަމަ ނުވާތީ ނަން އުނި ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ފްލެޓް ލިސްޓު އަލުން ބެލިއިރު ފްލެޓް އަތުލާފައިވަނީ ހަމައެކަނި އަސާސީ ޝަރުތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަތުން ކަމަށެވެ.
ލިސްޓުން ނަން އުނިކުރުމުގެ ކުރިން، ޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށް އެ ފަރާތްތަކަށް ފުރުސަތު ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަސާސީ ޝަރުތެއް އުނިވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ ފްލެޓެއް ކެންސަލްކޮށްފައެއް ނުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ މި ފްލެޓުތަކުގެ އަސާސީ ޝަރުތުތަކަކީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުމާއި، އަމިއްލަ ނަމުގައި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީވެފައި ނެތުމެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި