ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.
މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ޝަރީއަތެއް އޮތެވެ. އެކަމަކު އެ އަޑުއެހުމަކަށް މަންޑޭ ހާޒިރެއް ނުވެއެވެ. އޭނާ ހާޒިރު ނުވުމުން ބަންދުގައި ބަހައްޓައިގެން ކޯޓަަށް ހާޒިރު ކޮށްދޭން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް މަންޑޭ ކޯޓަށް ހާޒިރުކުރީ ބަންދުގައި ބަހައްޓައިގެންނެވެ.
ހަސަން މަމްދޫހުގެ މައްޗަށް ސާބިތުވި ދައުވާތައް:
1. ޓެކުން (46 ދަޢުވާ)
2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)
3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން (3 ދައުވާ)
4. މަނީ ލޯންޑްރިން (1 ދައުވާ)
މި ދައުވާތަކާއި ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން 30 ޑިސެންބަރު 2025 ދުވަހަށް ތާވަލު ވަނީ ކޮށްފައެވެ. ދައުވާތައް ސާބިތުވާކަމަށް ކަނޑައެޅުމާ ގުޅިގެން ދައުވާލިބޭ މީހުން ވަނީ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފައެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ