އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާނީ 25 ރަށާއި ހަތަރު ސިޓީއެއްގައި ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު އާންމު ކުރި ލިސްޓުގައިވާ ގޮތުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލި އެ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން ޕްރައިމަރީ ބާއްވާނީ އައްޑޫ ސިޓީގެ އެއް ގޮނޑިއަކާއި ފުވައްމުލަކު ސިޓީގެ އެއް ގޮނޑިއަކާއި މާލޭ ސިޓީގެ 12 ގޮނޑިއެއްގެ އިތުރުން ތިނަދޫ ސިޓީގެ ހަތަރު ގޮނޑިއެއްގެއެވެ.
މީގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން 25 ރަށެއްގައި ޕްރައިމަރީ އޮންނާނެ ކަމަށް އެ ޕާޓީން އާންމު ކުރި ލިސްޓުން އެނގެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ