ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންނެވުމަށްފަހު، ފުރަތަމަ ފަހަރަށް އެ ޕާޓީގެ ހަރުގެއަށް ވަޑައިގެން، މާލެ މޭޔަރު ކަމުގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފިއެވެ.
ނަޝީދު މިގޮތަށް އެދިވަޑައިގެންނެވީ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި ހަރުގެ ޖަލްސާގައެވެ.
ޑިމޮކްރެޓްސް ދޫކޮށް، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ގިނަ ބޭފުޅުންނާ އެކު، ހަރުގެއެއްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ދެ މިނެޓާއި 35 ސިކުންތަށެވެ.
މި ކުރު ވާހަކަފުޅުގެ ތެރެއިން ނަޝީދު ވަނީ އަލީ އާޒިމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނަޝީދު ހަރުގޭގައި ދެއްކެވި ވާހަކަ:
"އައްސަލާމްޢަލައިކުމް. އެމް.ޑީ.ޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލް. މޭޔަރު ކެންޑިޑޭޓް ޢަލީ ޢާޡިމް. މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ދުރާއި ގާތުން މި މަންޒަރުތައް ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛ އައްސަލާމް ޢަލައިކުމް.
އަޅުގަނޑު ވަރަށް ކުޑަ ވާހަކައެއް ދަންނަވާލަން އޮތީ. އަޅުގަނޑު ދެންނެވިން ތިން މިނެޓޭ އަޅުގަނޑު ބޭނުމީ.
ޢާޒިމް އަޅުގަނޑު ގާތުގައި އަހައިފި، ޢަލީ. އަހައިފި ކިތައް ޓަނު ވާރޭހެއްޔޭ މާލެއަށް ވެހެނީ. އަޅުގަނޑު ދަންނަ މީހަކު ކައިރީ އަހައިފިން. އެ މީހުން ބުނީ 6،500 ޓަނޭ. މާލެ އަހަރަކަށް މި ވެހެނީ. އެއީ ތެޔޮ ވިއްކާ މީހެއްގެ ގެންގުޅޭ ތާނގީގެ ސައިޒެއް. މި ވެހޭ އެ އެއްޗެހި ބިމުގައި މުޅި ރަށުގައި ފެންބޮޑުވިޔަ ނުދީ، ހެދޭނެ ގޮތެއް އެބަ އޮތްހޭ އޭނާ އެހައިފި. ޢަލީ ޢާޒިމް. އަޅުގަނޑު ދަންނަ މީހެއް ކައިރީ އަހާލީމަ ބުނީ ތި އަޅަން ވީ ނޫންހޭ ތާނގީއަކަށް. ދެން ބޭނުންކުރަންވީ ނޫންހޭ ފަހުން.
ވާރޭވެހޭ ކޮންމެ ފަހަރަކު މި ރަށުގައި ފެންބޮޑުވިޔަ ނުދީ، މާލޭގެ ފެންބޮޑުވާތީވެ، އަޅުގަނޑު ދަންނަ މީހެއް ކައިރީގައި އެހީމަ ބުނީ މިހާރު އަހަރަކަށް 10 ވަރަކަށް މިލިއަން ރުފިޔާގެ ގެއްލުން އެބަ މާލޭގައި ހިނގޭއޭ މޫސުމީ މައްސަލަތަކުގެ ސަބަބުން.
އަޅުގަނޑު އާޒިމަށް ތާއީދުކުރަނީ އޭނާ އައިފި، ރައީސަށް ކީއްވެހޭ މިތާ ވަށައިގެން، މި މާލޭ ވަށައިގެން އެންމެ ރީތި ފަރުން ނޯންނާންވީ؟
އެންމެ ޗާލު ތަނަށް، އެންމެ ރީތި މޫދަށް، އެންމެ ރީތި ފަރަށް، މި މާލޭ ފަރު ނުވާންވީ ކީއްވެހޭ؟ އަޅުގަނޑު ދަންނަވައިފި ސަބަބެއް ނެތޭ. ތިޔަހުރީ ހައްތަހާ ވާން ހުރި ކަންތަކޭ.
ތިޔަބޭފުޅުންނަށް އަޅުގަނޑަށް ޔަޤީން. ޢަލީ ޢާޒިމަށް މޭޔަރުކަމުގައި މާލެ އިރާދަކުރެއްވިއްޔާ ބަދަލުވާނެ.
މިގޮތަށް މާލެ ދޫކޮށްފައި ބޭވޭކަށެއް ނެތް. އަދި މިއީ ކުރެވެން ނެތް ކަމެއްގެ ގޮތުގައި ދެކިގެން ފަހަޖެހެވޭކަށް ވެސް ނެތް.
އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީން ވެސް ހަމަ އުޅެން އޮތް ތަނަކީ މި ފަސްގަނޑު.
އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، ޢާޒިމަށް ވޯޓު ދެއްވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ."
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން