ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރެވެ.
ފުލުހުން ވަނީ އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި، އިތުރު ތަހުގީގުތަކަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މަރުވެފައިވާ މީހާގެ ވަނަވަރު މިހާރުވަނީ ދެނެގަނެވިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ